Friday, October 23
އަމްރިތާ ހޮސްޕިޓަލަށް އަލަށް ބަލިމީހުން ފޮނުވުން އާސަންދައިން މެދުކަނޑާލައިފި

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އަލަށް ބަލިމީހުން ފޮނުވުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. ނަމަވެސް، މިހާރު އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ހާމަކުރިއެވެ.

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ބަރޯސާވާ މި ހޮސްޕިޓަލަށް އަލުން ބަލިމީހުން ފޮނުވަން ފެށުމަށްޓަކައި ވެފައިވާ އެއްބަސްވުން އައުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ނަމަވެސް ޚިދުމަތް އަލުން ފެށޭނެ ސީދާ ތާރީޚެއް އަދި ކަނޑަނާޅާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ޤައުމީ ހެލްތު އިންޝުއަރެންސް ނިޒާމު، އާސަންދައިގެ ދަށުން ކޮންމެ ދިވެއްސަކަށް ދައުލަތުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭއިރު، މި ނިޒާމުގެ ދަށުން އިންޑިއާގެ އިތުރުން ސްރީލަންކާ، ޑުބާއީ އަދި ތައިލެންޑުގެ ބައެއް ހޮސްޕިޓަލްތަކަށް ބަލިމީހުން ފޮނުވައެވެ. ބޭސްފަރުވާގެ މި ޚިދުމަތަށް ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ޚަރަދުކުރާއިރު، މީގެ ކުރިން ވެސް ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން ވަގުތީ ގޮތުން އާސަންދައިގެ ޚިދުމަތް މެދުކެނޑުމުގެ ހާލަތްތައް ކުރިމަތިވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު