Friday, October 23
އިސްފަނޑިޔާރުން ވަކިކުރުމުގެ ބާރު ޖޭއެސްސީއަށް ލިބޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
ކޯޓުތަކުގެ އިސްފަނޑިޔާރުން ވަކި ހާއްސަ ސަބަބެއް ނެތިވެސް މަގާމުން ވަކިކުރުމުގެ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަން އަށް ލިބިދޭ ގަވާއިދެއް އެކުލަވައިލައި، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށައިފިއެވެ. ކޯޓުތަކަށް އިސްފަނޑިޔާރުން އައްޔަނުކުރުމާއި ވަކިކުރުމުގެ އުސޫލުތައް ބަޔާންކުރާ މި ގަވާއިދުގެ ދަށުން، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިސްފަނޑިޔާރަކު މަގާމުން ދުރުކުރަން ޖޭއެސްސީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި އެ ބަދަލު ގެނައުމުގެ ފުރިހަމަ އިޚުތިޔާރު އެ ކޮމިޝަނަށް ވަނީ ދީފައެވެ.

މި ގަވާއިދުގައިވާ ގޮތުން ސުޕީރިއާ ކޯޓުތަކުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ މިހާރު ވެސް އެ ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުންނަށެވެ. އަދި ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެވޭނީ އެ ދާއިރާއެއްގެ ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަށެވެ. އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ގާނޫނީ ފަންނަށް އަހުލުވެރިވެފައިވާ މިންވަރާއި، ހިންގުމުގެ ހުނަރާއި، މަސައްކަތުގެ އަޚްލާގުގެ އިތުރުން މުއާމަލާތްކުރުމުގެ ގާބިލުކަމާއި މައްސަލަތައް ހައްލުކުރުމުގެ ވިސްނުން ހުރި މިންވަރު ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު