Friday, October 23
އިސްލާހުތަކާއެކު ގުނަވަން ޓްރާންސްޕްލާންޓް ބިލު މަޖިލީހުން ފާސްކޮށްފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން އަލުން ދިރާސާކުރުމަށްފަހު، މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފިއެވެ.

މި ބިލަކީ މެއި 14 ގައި މަޖިލީހުން ފާސްކޮށް، ތަސްދީގުކުރެއްވުމަށް 19 މެއިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ބިލެކެވެ. ނަމަވެސް، މަޖިލީހުން ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން ބިލު ތަންފީޒުކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، ބިލު މުރާޖައާކޮށް އިސްލާހު ގެނައުމަށް ރައީސް ވަނީ ބިލު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

ކޮމިޓީން ބިލު އަލުން ދިރާސާކޮށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

  • 7 ވަނަ މާއްދާގެ (ށ): ކުރިން އުނިކޮށްފައިވާ އަކުރުގެ 5 ވަނަ މާއްދާ އާއި 6 ވަނަ ނަންބަރު އަލުން ބިލުގައި ހިމެނުން  (މި މާއްދާގައި ބަޔާންކުރަނީ ގުނަވަން ހަދިޔާކުރެވޭނެ ފަރާތްތަކެވެ).
  • 66 ވަނަ މާއްދާގެ (ރ) އާއި 76 ވަނަ މާއްދާގެ (ށ): މި މާއްދާތަކަށް ވަނީ އިސްލާހު ގެނެސްފައެވެ.
  • އަދަބުތަކަށް ގެނައި ލުއި: 66 ވަނަ މާއްދާގެ (ރ) ގެ ދަށުން ކުރާ ކުށްތަކުގެ އަދަބު ވަނީ ކުރިއަށްވުރެ ލުއިކޮށްފައެވެ. ކުރިން 250,000 އާއި 500,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއަކާއި، 18 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޮތް ނަމަވެސް، މިހާރު އެ އަދަބު ވަނީ 150,000 އާއި 250,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއަކަށް އަދި 12 މަހާއި 18 މަހާ ދެމެދުގެ ޖަލު ހުކުމަކަށް ކުޑަކޮށްފައެވެ.

މި ބިލަކީ ރާއްޖޭގައި ރައްކާތެރިކަމާއެކު އިންސާނުންގެ ގުނަވަންތައް ބަދަލުކުރެވޭނެ ގާނޫނީ ނިޒާމެއް ގާއިމުކުރުމަށް އެކުލަވައިލާފައިވާ ބިލެކެވެ. މި ބިލުގެ ދަށުން ގުނަވަން ހަދިޔާކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި އަމިއްލަ އިހުތިޔާރުގައި ގުނަވަން ދޭން ބޭނުންވާ، ބާލިޣުވެފައިވާ ދިވެހިންނަށެވެ. ނަމަވެސް، ގައިދީންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ގުނަވަން ހަދިޔާކުރުމަކީ މި ބިލުން މަނާކުރާ ކަމެކެވެ. މި ނިޒާމު ހަރުދަނާކަމާއެކު ބެލެހެއްޓުމަށްޓަކައި "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" އެއްގެ އިތުރުން، ވަކިވަކި ކޭސްތަކަށް ހުއްދަދޭ "އޮތޮރައިޒޭޝަން ކޮމިޓީ" އެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ގުނަވަން ގަނެ ވިއްކުމާއި، ރުހުމަކާ ނުލައި ގުނަވަން ނެގުމަކީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ލައިސަންސް ނެތި މި ހިދުމަތް ދިނުމާއި އޮޅުވާލައިގެން މައުލޫމާތު ދިނުމަކީ ވެސް ހަރުކަށި އަދަބު ލިބޭނެ ކަންކަމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު