Saturday, October 31
އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތު 2026 ޖުލައި 14 ވަނަ ދުވަހުގެ ހެނދުނު 7:55 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސީސަންގެ، ބ. އޭދަފުށީ، ޢަލީ ޢަބްދުﷲ (82އ) ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު