Saturday, October 31
ރައީސް ރަސްމީ ދަތުރުފުޅެއްގައި ޤަޠަރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، ރައީސް ޤަޠަރަށް ކުރައްވާ މި ދަތުރުފުޅަކީ، އެ ޤައުމުގެ ކުރީގެ އަމީރު ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އިއްޔެ އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޤަޠަރުގެ މިހާރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި، އެ ޤައުމުގެ ޝާހީ ޢާއިލާއާ ބައްދަލުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވާނެއެވެ.

ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ވެރިންނާއި ޢިއްޒަތްތެރިންވެސް ދަނީ މިވަގުތު ޤަޠަރަށް ވަޑައިގަންނަވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު