ވަޒީފާތަކުގެ އިތުރުން، އެ މިނިސްޓްރީއާއި އޭގެ ދަށުން ހިންގާ އިދާރާތަކުގެ މީޑިއާ މަސައްކަތްތައް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރާނެ ޕީއާރު ފާމެއް ހޯދުމަށް ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. ހަމައެހެންމެ، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް ހިންގާނެ ތަން އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް އެ ވުޒާރާއިން ވަނީ އިޢުލާނުކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އުފެއްދެވި މި މިނިސްޓްރީގެ ދަށުން ހަތަރު އިދާރާއެއް ހިންގައެވެ. އެއީ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގައުމީ މަރުކަޒާއި، ދިވެހިބަހުގެ އެކެޑަމީއާއި، ގައުމީ ދާރުލްއާސާރުގެ އިތުރުން ދިވެހި ތަރިކަ ދިރާސާކުރުމުގެ ގައުމީ މަރުކަޒެވެ. މިނިސްޓަރު ހީނާ ވަލީދު އިސްކޮށް ހުންނަވާ މި ވުޒާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހި ގައުމިއްޔަތު އަލާކޮށް، ރާއްޖޭގެ ތަރިކައާއި ބަހާއި ސަގާފަތް ހިމާޔަތްކޮށް ކުރިއެރުވުމެވެ.






