Friday, November 6
ދިޔަމިގިލީގައި ސިފައިން އިމާރާތްކުރާ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ މަސައްކަތް ނިންމާލައިފި

ތ. ދިޔަމިގިލީގައި ސިފައިން އިމާރާތްކުރަމުގެ މަސައްކަތްކުރަމުންދާ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލައިފިއެވެ.

އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނާ ގުޅިގެން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަންނީ ސިފައިން ކުރަމުންދާ މި މަސައްކަތުގައި މިހާރު ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ފާހާނާތަކުގެ ތަޅުންއެޅުމާއި ތަނބުތަކާއި ބެރިތަކުގެ ދާރަ ހެދުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން ދެވަނަ ފަންގިފިލާގެ ރޭނުމުގެ މަސްކަތްތައް މިހާރު ވަނީ ފަށާފައެވެ.

ދެ ފަންގިފިލާގެ 10 ކުލާސް ރޫމް ހިމެނޭ މި އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ސިފައިންނާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ.

ސިފައިން މި މަސައްކަތާ ހަވާލުވި އިރު އިމާރާތުގައި ނިމިފައި ހުރީ 30 އިންސައްތަ މަސައްކަތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު