Friday, November 6
ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި

އޯޒޯން ފަށަލަ ހަލާކުކުރާ މާއްދާތަކާ ބެހޭ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓުގައި ރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ޔޫސުފް ބައިވެރިވެވަޑައިގެންފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގެ މަޤްޞަދަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި، އޯޒޯން ހަލާކުކުރާ މާއްދާތައް ބޭނުންކުރުން ހުއްޓުވުމާއި މަދުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކޮށް ގޮތްތައް ނިންމުމެވެ.

އެކި ޤައުމުތަކުގެ އިސްވެރިންނާއި ވަޒީރުން ހިމެނޭ މި މަތީ ފަންތީގެ ސެގްމެންޓުގައި، ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ވަނީ ރާއްޖެއިން އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިފަދަ މުއާހަދާތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އިސްދައުރެއް އަދާކުރަމުންދާ ކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު