Friday, October 23
އައިޔޫއެމްއިން އާންމުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ކްލިނިކެއް ހުޅުވައިފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން އާންމުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ގާނޫނީ ދާއިރާގެ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ހާއްސަ ގާނޫނީ ކްލިނިކެއް ހުޅުވައި، ހިދުމަތް ދޭން ފަށައިފިއެވެ. މިއީ ރާއްޖޭގެ ބާ ކައުންސިލުން ގާނޫނީ ވަކީލުން ތަމްރީނުކުރުމަށް އެކްރެޑިޓްކުރި ފުރަތަމަ ގާނޫނީ ކްލިނިކެވެ.

މި ކްލިނިކްގެ މައިގަނޑު ބޭނުމަކީ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ނާޒުކު ހާލަތްތަކުގައިވާ އާއިލާތަކަށް ގާނޫނީ ލަފަޔާއި، ކޯޓު ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެކިއެކި އެއްބަސްވުންތައް ލިޔެދިނުމުގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ކްލިނިކުން މައިގަނޑު ގޮތެއްގައި ބަލާނީ އާއިލީ، މަދަނީ، ވަޒީފާގެ މައްސަލަތަކާއި ކުދި ވިޔަފާރިތަކާ ގުޅުންހުރި މައްސަލަތަކެވެ. ނަމަވެސް ސީރިއަސް ޖިނާއީ މައްސަލަތަކާއި ބޮޑެތި މާލީ މުއާމަލާތްތައް މި ކްލިނިކުން ބަލައެއް ނުގަންނާނެއެވެ.

ކްލިނިކްގެ މަސައްކަތްތައް ދަރިވަރުން ކުރިއަށް ގެންދިޔަ ނަމަވެސް، އެ ހުރިހާ ކަމެއް ހިނގާނީ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނާއި ލައިސަންސް ލިބިފައިވާ ވަކީލުންގެ ބެލުމުގެ ދަށުންނެވެ. މި ހިދުމަތް ބޭނުންވާ ފަރާތްތަކަށް އޮންލައިން ފޯމެއް ނުވަތަ އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު