Friday, November 6
އަޑިއަށްދިޔަ ބޯޓެއްގައި ތިބި ހަތް މީހަކު ސަލާމަތްކޮށްފި

އަޑިއަށްދިޔަ ބޯޓެއްގައި ތިބި ހަތް މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ ބޯޓެއް، ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށްދާ ކަމުގެ މައުލޫމާތު 2026 ޖުލައި 09 ވަނަ ދުވަހުގެ 15:26 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި، ޖަޒީރާ ބޯޓުގައި ތިބި ހުރިހާ މީހުން ލޯންޗަކަށް ނަގާފައިވާ ކަމަށެވެ.

އަދި މި ބޯޓުން ދަތުރުކުރި އެންމެން ފުލުހުންގެ އެހީތެރިކަމާއެކު ފުލިދޫ އަށް ގެންގޮސްފައިވާއިރު، އެމީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި 3 ދިވެހި ފިރިހެނުން ކަމަށާއި، މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

މި ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.

އަދި މި ބޯޓުގެ ބައެއް ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު