Friday, October 23
އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ފްލެޓް އަޅަން ބިން ހަވާލުކޮށްފި
ޤައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ޙާއްސަކޮށްގެން ފްލެޓް އެޅުމުގެ މަޝްރޫއެއް ހިންގުމަށް ނިންމައި، އެކަމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން  އިން އިއްޔެ ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މިކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއިކުރެއްވިއިރު، އައިލެންޑް އޭވިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިޔާސް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 12،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް މި ފްލެޓްތައް އެޅުމަށް ލިބިފައިވާ ކަމަށެވެ. އަދި ބިން ހަވާލުކުރުމާއެކު އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، ފްލެޓްތަކާ ގުޅޭ އިތުރު ތަފްސީލުތައް ފަހުން އާންމުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ސަރުކާރުގެ އެހެން ބައެއް ކުންފުނިތައް ކަމަށްވާ އެމްއޭސީއެލް، އެމްޕީއެލް އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުންވެސް ވަނީ އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލޭގައި ފްލެޓްތަކެއް އިމާރާތްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު