Friday, November 6
30 ފުލުހަކު ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފުރިހަމަކޮށްފި

ސެންޓްރަލް އަދި ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ 30 ފުލުހަކު، ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފުރިހަމަކޮށްފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްއާއި ސެންޓްރަލް އަދި ސައުތު ސެންޓްރަލް ޕޮލިސް ގުޅިގެން ދ. ވާނީގައި ކުރިއަށް ގެންދިޔަ "ފަސްޓްލައިން މެނޭޖްމަންޓް ކޯސް - 15" ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަދަން ޕޮލިސް ޑެޕިއުޓީ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޔޫނުސް ޞަބާހްއެވެ. މީގެ އިތުރުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ އެކްޒެކެޓިވް ޑިރެކްޓަރ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއާއި، ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރުގެ އެކްޓިން ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ލަތީފްއާއި، މ، ދ އަދި ލ އަތޮޅު ކޮމާންޑަރުން ބައިވެރިވެލެއްވިއެވެ.

ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ޔޫނުސް ޞަބާހް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންނަށް ލިބިގެންވާ ބާރާއި އިޚުތިޔާރު ރަނގަޅަށް ބޭނުންކުރުމަށާއި، ޤާބިލު މީހަކަށް ވުމަށް އިތުރަށް މަސައްކަތްކުރުމަށް އިރުޝާދުދެއްވިއެވެ. އަދި މި ކޯސް ފުރިހަމަކުރި ފުލުހުންނަކީ ލީޑަރޝިޕްގެ އައު ސަފުހާއެއް ހުޅުވިގެންދިޔަ ބައެއް ކަމަށާއި، މުއައްސަސާއިން އެ ފުލުހުންނަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ކޯހުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ސާޖަންޓް ޢަބްދުލް މުހައިމިނު ޢަބްދުﷲ އެވެ.

ޖޫން މަހުގެ 7 އިން ޖުލައި 5 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ލީޑަރޝިޕް އެތިކްސް، ސްޓްރެޓެޖިކް ލީޑަރޝިޕް، ލީގަލް އެވެއާނެސް އަދި ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމުގެ މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ. މީގެ އިތުރުން 7 ކިލޯމީޓަރުގެ ދުވުމާއި، ޑްރިލް ކުލާސްތަކުގެ އިތުރުން މުާމަލާތުކުރުމުގެ ހުނަރުތަކާއި ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ އުކުޅުތައް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު