Friday, November 6
ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 121 އަށް އަރައިފި

މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ގެ 55 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ހާމަކުރި ގޮތުގައި މިއާއެކު މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމުލަ 121 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖޭގައި ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ދިއުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ އެމްއާރު ވެކްސިން ދޭން ފަށައިފައެވެ. މިގޮތުން މިހާތަނަށް 5،495 ފަރާތަކަށް ވެކްސިން ދެވިފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

އެޗްޕީއޭ އިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަޤީން ނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރެއްވުމަށް އެދިފައެވެ.

މީގެ އިތުރުން ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އަރބަން ޕްރައިމަރީ ކެއަރ ސެންޓަރުން ކޮންޓެކްޓުންނަށް ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އަދި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ޞިއްޙީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު