Friday, November 6
ނޯތު ހާބަރުގެ "ޒޯން-އޭ" އިން ކަރަންޓާއި ފެނުގެ ޚިދުމަތް ދޭން ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭ ނޯތު ހާބަރުގެ "ޒޯން-އޭ" ސަރަހައްދުން ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖައްސައި، މިއަދު އެ ޚިދުމަތްތައް ރަސްމީކޮށް ފަށައިފިއެވެ.

މިއީ މާލޭ ނޯތު ހާބަރ އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި ޚިދުމަތެކެވެ.

މީގެ ކުރިން "ޒޯން-އޭ" ސަރަހައްދުން ކަރަންޓާއި ފެނުގެ ޚިދުމަތް ނުލިބެއެވެ. މި ސަރަހައްދުގައި ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށީ މާރިޗު މަހުގެ ތެރޭގައެވެ.

މި މަސައްކަތް ނިންމައި، މި ސަރަހައްދުން ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މާލޭ ނޯތު ހާބަރގެ ޚިދުމަތް ހޯދާ އޮޑިދޯނިފަހަރަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު