މޯލްޑިވްސް ޕޮލިސް ސާވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ފުލުހުންގެ މެދުގައި އިޖުތިމާއީ ރޫހު އާލާކޮށް، މުޖުތަމައުގައި ލޭ ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ޙާއްސަކޮށް، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދައިދިނުމަށް މި ހަރަކާތުގެ ތެރެއިން ބޮޑު އިސްކަމެއް ދީފައިވެއެވެ.
ހުޅުމާލޭ ފޭސް 1 ގެ އޮރެންޖު ހިޔާގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ފުލުހުން ވަނީ ބައިވެރިވެ، ލޭ ހަދިޔާކޮށްފައެވެ.






