Friday, November 6
އެއް ހަފުތާގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި 611,416 ރުފިޔާގެ މުދަލާއި ފައިސާ ހޯދައިފި

އެއް ހަފުތާގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި 611,416 ރުފިޔާގެ މުދަލާއި ފައިސާ ހޯދައިފިއެވެ.

ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ޖޫން 28 އިން ޖުލައި 4 ގެ ނިޔަލަށް މާލޭ ސިޓީގެ އެކި ސަރަހައްދުތަކުން ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން 611,416 ރުފިޔާގެ އަގުހުރި މުދަލާއި ފައިސާ ފުލުހުން ވަނީ ކާމިޔާބީއާއެކު ހޯދާފައެވެ.

މި އަދަދަކީ ރިޕޯޓްކުރެވުނު މައްސަލަތަކާ ގުޅިގެން ހޯދާފައިވާ ނަގުދު ފައިސާއާއި، އަތުލައިގަނެވުނު ތަކެތީގެ އަންދާޒާ އަގު ހިމެނޭހެން ޖުމްލަ އަދަދެވެ.

ޕޮލިސިންގ ޑިވިޜަންތަކުން ތަކެތި ހޯދާފައިވާ މިންވަރު:

  • ގަލޮޅު ޕޮލިސް: 233,881 ރުފިޔާ
  • ހެންވޭރު ޕޮލިސް: 175,000 ރުފިޔާ
  • މާފަންނު ޕޮލިސް: 104,008 ރުފިޔާ
  • ސްޕެޝަލް އެންފޯސްމަންޓް ޓީމް: 97,900 ރުފިޔާ
  • ވިލިމާލެ ޕޮލިސް: 627 ރުފިޔާ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު