އެމްއައިބީން މައުލޫމާތު ދޭ ގޮތުގައި މި ނީލަމުގައި ބިޑު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ 3 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. ނީލަމުގެ ސުންގަޑި ހަމަވުމާއެކު، އެ ވަގުތު ބޭންކަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ކުރިމަތީގައި ބިޑް ސިޓީތައް ކަނޑައި، ހުށަހަޅާފައިވާ އެންމެ މަތީ އަގު ރަސްމީކޮށް އިއުލާނުކުރާނެއެވެ.
މީގެ އިތުރުން، ނީލަން ފަށާ އަގު އިޢުލާނުކުރުމަށްފަހު، އެ ތަނަށް ހާޒިރުވެ ތިބޭ ފަރާތްތަކަށް އަގު މަތީ ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން ނީލަމުގެ އަގު އިތުރުކުރެވޭނީ މަދުވެގެން ފަސް ލައްކަ ރުފިޔާގެ ރޭޓުން ކަމަށް ބޭންކުން ބުނެއެވެ. މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ ނަމޫނާ އެމްއައިބީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.






