Friday, November 6
ހިންނަވަރު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި

ޅ. ހިންނަވަރުގައި ޤާއިމްކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހިންނަވަރު ފުޓްސަލް ދަނޑު ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

ސަރުކާރުން ހިންނަވަރުގައި ޤާއިމްކޮށްދެއްވި ފުޓްސަލް ދަނޑަކީ އެ ރަށުގެ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވިތާ 8 އަހަރު ފަހުން އެ ރަށުގައި ޤާއިމްކޮށްދެއްވި ދަނޑެކެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ މަސައްކަތް ނިންމާފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.

އާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވަޒީރު ރާފިޢު ވަނީ އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ގަނޑިޔަ ފުޓްސަލް ޗެލެންޖު" ފައްޓަވައިދެއްވާފައެވެ.

މިއީ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވުމުގެ ސަބަބުން އެ ރަށުގައި ފުޓްސަލް މުބާރާތެއް ނުބޭއްވި އޮތުމަށްފަހު އެ ރަށުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު