Friday, November 6
އިންޑިއާގެ ވެސްޓް ބެންގާލްގައި 11 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފި

އިންޑިއާގެ ވެސްޓް ބެންގާލްގެ ސައުތު 24 ޕަރްގަނާސް ޑިސްޓްރިކްޓުން ގެއްލިގެން ހޯދަމުންދިޔަ 11 އަހަރުގެ އަންހެން ކުއްޖަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ބަރޫއިޕޫރުގެ ސޫރްޖްޔަޕޫރު ހާޓް ސަރަހައްދުން މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ޚަބަރުތައް ބުނާގޮތުގައި ކުއްޖާގެ ހަށިގަނޑު ފެނުނުއިރު އޮތީ ގޯންޏަކަށް ލައި ބަންދުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ އާންމުން ވަނީ މަގުތަކަށް ނުކުމެ ބޮޑެތި އިހުތިޖާޖުތަކެއް ކޮށްފައެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ ބަރޫއިޕޫރު-ޖޮއިނަގަރް މަގު ބަންދުކޮށް، މި ޖަރީމާ ހިންގި ފަރާތްތައް ވަގުތުން ހައްޔަރުކުރުމަށް ގޮވާލާފައެވެ. މުޒާހަރާގެ ބައިވެރިން މަގު ހުޅުވައިދިނީ ފުލުހުންގެ އިސް އޮފިސަރުން އެ ސަރަހައްދަށް ގޮސް، މި މައްސަލަ ވަރަށް އަވަހަށް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ ގެއްލިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު، އެކުވެރިއެއްގެ އުފަންދުވަހުގެ ހަދިޔާއެއް ގަންނަން ބޭރަށް ދިޔަ ފަހުންނެވެ. ކުއްޖާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ކުއްޖާ ގެއްލުމުގެ ކުރިން ހަތަރު މީހަކު ވަނީ ގަދަކަމުން އެ ކުއްޖާ ގެންގޮސްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ހައްޔަރުކޮށް ސުވާލުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ކުއްޖާ މަރުވި ސީދާ ސަބަބު ދެނެގަތުމަށާއި، މަރާލުމުގެ ކުރިން އެއްވެސް ކަހަލަ ޖިންސީ ގޯނާއެއް ކޮށްފައިވޭތޯ ބެލުމަށްޓަކައި ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ހޮސްޕިޓަލަށް ފޮނުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު