Friday, November 6
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢު: ޝީޓްޕައިލްކުުރުމުގެ މަސައްކަތް ނިމިއްޖެ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ޝީޓްޕައިލް ކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާކަން އެމްޓީސީސީން ހާމަކޮށްފިއެވެ. މިކަމާ ގުޅޭގޮތުން އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދިޔަ ޝީޓްޕައިލް ކުރުމުގެ މަސައްކަތުގެ 100 އިންސައްތަ ނިމިފައިވާ ކަމަށެވެ. މަޝްރޫޢުގެ ތަފްސީލް ހިއްސާކުރަމުން އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، މަގުގެ ސެގްމަންޓް 4 އަދި 5 ގެ ސަބް-ބޭސް މަސައްކަތްތައް ނިމުމާ ގުޅިގެން، މިހާރު ކުރިއަށްދަނީ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ތާރު އެޅުމުގެ މަސައްކަތް ޖުލައި 7 ގައި ފެށުމަށް ތާވަލުކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން އެއްގަމު ތޮށީގެ ކެޕިންގް ކޮންކްރީޓް އެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ކުރިއަށްދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު