Friday, November 6
ފުލުހުންގެ ސެޓިފައިޑް ޓްރެއިނަރ ކޯހުގެ 16 ވަނަ ބުރު ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތާއި، ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުގައި ގާބިލު މުދައްރިބުން އުފެއްދުމަށް ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ ސެޓިފައިޑް ޓްރެއިނަރ ކޯހުގެ 16 ވަނަ ބުރު ފަށައިފިއެވެ.

ފުލުހުން ބުނީ މި ޖުލައި މަހުގެ 5 އިން 17 އަށް މާލޭގައި ކުރިއަށްގެންދާ މި ކޯހަކީ، ކިޔަވައިދިނުމުގެ އުކުޅުތަކަށް މުދައްރިބުން އަހުލުވެރިކުރުވައި، ފިލާވަޅުތައް ފަރުމާކުރުމާއި، ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެއް ކަމަށެވެ.

މި ކޯހުގައި، މުއާމަލާތުކުރުމުގެ ހުނަރުތައް ތަރައްގީކުރުމާއި، ކިޔަވައިދިނުމުގެ އުކުޅުތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން، ފެންވަރު ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދޭނެ ގާބިލު އަދި ހުނަރުވެރި، ޕްރޮފެޝަނަލް މުދައްރިބުންތަކެއް އުފެދިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

15 ފުލުހުންނާއި ކަސްޓަމްސްގެ ދެ މުވައްޒަފުންނާއެކު ކުރިއަށްގެންދާ މި ކޯހުގައި “އެކްސްޕީރިއެންޝަލް ލާނިންގ، ކޮމިއުނިކޭޝަން ސްކިލްސް، މެނޭޖިންގ ގްރޫޕްސް އިން ޓްރެއިނިންގ، ޑިޒައިނިންގ އަ ޓްރެއިނިންގ ސެޝަން، ޕްރެޒެންޓޭޝަން އެންޑް ޑެލިވަރީ ސްކިލްސް އަދި ކްލޯޒަރ އެންޑް އިވެލުއޭޝަން” ފަދަ ބައިތަކުން ތަމްރީނުދޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު