Thursday, November 5
ޣައްޒާގައި ޔަހޫދީން އާބާދުކުރުމަށް ރާވަމުންދާކަން އިސްރާއިރުން ހާމަކޮށްފި

ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާއި ބަޑުހައިހޫނުކަމުގެ ހާލަތުގެ ތެރެއިން، އިސްރާއީލުގެ އިސް ސިޔާސީ ވެރިން މިހާރު ދަނީ ޣައްޒާގައި ޔަހޫދީން އާބާދުކުރުމަށް ތައްޔާރަށް ތިބި ކަމަށް ބުނަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ ޣައްޒާގައި ޔަހޫދީ ސެޓްލްމަންޓްތައް ބިނާކުރުމަށް ވިސްނަމުންދާ ކަމަށް ފާޅުގައި ހާމަކޮށްފައެވެ.

އިޒްރާއީލުގެ ފިނޭންސް މިނިސްޓަރު ސްމޮޓްރިޗް ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ، އޭނާގެ މިނިސްޓްރީން މިހާރުވެސް އުތުރު ޣައްޒާގައި ތިން ސެޓްލްމަންޓެއް ބިނާކުރުމުގެ ޕްލޭންތައް ތައްޔާރުކޮށްފައިވާ ކަމަށެވެ. މިކަން ކުރިއަށް ގެންދިއުމަށް މިހާރު ބޭނުންވަނީ ބޮޑުވަޒީރު ނަތަންޔާހޫގެ ހުއްދަ އެކަނި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަތަންޔާހޫ "ޗެނަލް 14" އަށް ދެއްވި އިންޓަވިއުއެއްގައި، ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން "އަމިއްލައަށް ހިޖުރަކުރުން" ފަދަ ލަފުޒުތައް ބޭނުންކުރައްވާފައިވާއިރު، މިއީ ބައިނަލްއަގުވާމީ މާހިރުން ސިފަކުރާ ގޮތުގައި ނަސްލު ސާފުކުރުމުގެ އަމަލެކެވެ.

ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިސްރާއީލުން ހަދާފައިވާ ސެޓްލްމަންޓްތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ޣައިރުގާނޫނީ ތަންތަނެވެ. އިސްރާއީލުގައި އިންތިހާބު ބާއްވަން ކައިރިވެފައިވާއިރު، ނަތަންޔާހޫއާއި ސްމޮޓްރިޗް ފަދަ ސިޔާސީ ވެރިންނަށް މިފަދަ ވާހަކަތައް ދެއްކުމަކީ ސިޔާސީ ގޮތުން އެގައުމުގައި  ފައިދާހުރި ކަމެކެވެ. ޚާއްޞަކޮށް ސްމޮޓްރިޗްގެ "ރިލިޖަސް ޒަޔަނިސްޓް" ޕާޓީއަށް ވޯޓު މަދުވެދާނެ ކަމުގެ ބިރު އޮތުމުން، ހަރުކަށި މީހުންގެ ތާއީދު ހޯދުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

ލަންޑަންގެ ކުއީން މޭރީ ޔުނިވަރސިޓީގެ ޕްރޮފެސަރު ނީވް ގޯޑަން ވިދާޅުވި ގޮތުގައި، އިސްރާއީލުގެ މީޑިއާތަކުން ދަނީ ނަސްލު ނައްތާލުމަށް ހިތްވަރުދޭ މެސެޖުތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންނެވެ. އަދި ނަތަންޔާހޫއަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ދައުވާތަކުން ސަލާމަތްވުމަށްޓަކައިވެސް މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ވާހަކަ ދެއްކުން އޭނާއަށް މުހިންމެވެ.

ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ހިއު ލަވްއަޓް ފާހަގަކުރެއްވި ގޮތުގައި، 2023 އިން ފެށިގެން ހުޅަނގު އައްސޭރީގައި ސެޓްލްމަންޓްތައް ފުޅާކުރިއިރުވެސް ބައިނަލްއަގުވާމީ މުޖުތަމައުން އަމަލީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ނަމަވެސް، ޣައްޒާއަށް ސެޓްލްމަންޓްތައް ފުޅާކޮށްފިނަމަ، މީގެ ކުރިން ފިޔަވަޅެއް އަޅަން ފަސްޖެހުނު ޔޫރަޕްގެ ގައުމުތަކަށް އެންމެ ފަހުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެދާނެއެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޓްރަމްޕްގެ ޕްލޭންތަކާ ފުށުއަރާ ގޮތަށް އިސްރާއީލުން މިފަދަ ފިޔަވަޅެއް އަޅަން ކެރިދާނެތޯވެސް ލަވްއަޓް ވަނީ ސުވާލު އުފައްދަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު