Friday, November 6
މެރިކަލްޗަރ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ދަރަނބޫދޫ ކައުންސިލާ މަޝްވަރާކުރައްވައިފި

މަސްވެރިކަމާއި ދަނޑުވެރިކަމާއި މެރިކަލްޗަރ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ފ. ދަރަނބޫދޫ ކައުންސިލާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، މަސްވެރިކަމާ ދަނޑުވެރިކަމާއި މެރިކަލްޗަރ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ކައުންސިލުގެ ފަރާތުން ވަނީ ހިއްސާކުރައްވާފައެވެ.

މީގެއިތުރުން ފިޝަރީޒް މިނިސްޓްރީން ދަރަނބޫދޫގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހައިޑްރޯޕޮނިކްސް ފަންނީ ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ދަރަނބޫދޫގެ ދަނޑުވެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަކަން ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ފާހަގަކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު