Tuesday, October 20
ޖަޕާނު ފަތުރުވެރިން އިތުރުކުރަން މަޝްވަރާކޮށްފި
ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް، ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (ޖާޓާ)ގެ ރައީސް ކުނިހާރު އެބީނާއާއެކު މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސަފީރު މަޚްލޫފް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން، ޖަޕާނުގައި ރާއްޖެ އިޝްތިހާރު ކުރުމާއި، ދެ ޤައުމުގެ ޓްރެވަލް އެޖެންޓުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ޖާޓާގެ އެހީތެރިކަމާއެކު ކުރެވިދާނެ ކަންކަމާ މެދު ފުޅާދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޖަޕާނުން ރާއްޖެއަށް 16،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު