Friday, November 6
މާވެޔޮމަގުގައި ފުރިޖެއް ބެހެއްޓި ފަރާތެއް ހޯދަނީ
މާލޭގެ މާވެޔޮމަގު، އިރުފުހޭގޭ ކައިރިއަށް ފުރިޖެއް ނެރެ ބަހައްޓާފައިވާތީ، އެ އަމަލު ހިންގި ފަރާތް ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާވެޔޮމަގު އިރުފުހޭގޭ ކައިރީ ފުރިޖެއް ބެހެއްޓި ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މާލޭގެ މަގުތަކަކީ އެންމެންނަށް އަމާން އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި، މަގުމައްޗަށް ކުނި އެޅުން ހުއްޓުވުމަށް ކައުންސިލުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން، މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުވުމަށް ވަނީ އެދިފައެވެ. މާލޭގެ މަގުތަކަށް ބޮޑެތި ކުނި ނެރުމުގެ މައްސަލައަކީ ދޭތެރެ ދޭތެރެއިން ކުރިމަތިވާ ގޮންޖެހުމެކެވެ. މިގޮތުން މިދިޔަ ޖޫން މަހުވެސް މައްޗަންގޮޅި އާސަހަރާ ކައިރިއަށް ގޮދަޑިއެއް ނެރުނު މީހަކު ހޯދުމަށް ކައުންސިލުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު