ވާދަވެރި ކުޅުމަކަށްފަހު ޖަޕާންގެ މައްޗަށް ކުރިހޯދައި، ބްރެޒިލް އިން މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ. މި މެޗުގައި ބްރެޒިލް މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލީޑު ނެގީ ޖަޕާނުންނެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ކައިޝު ސާނޫ ވަނީ ލަނޑެއް ޖަހައި ޖަޕާނަށް ކުރިހޯދައިދީފައެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ ޖަޕާން ކުރީގައި އޮވެގެންނެވެ
ނަމަވެސް، ދެވަނަ ހާފުގައި ބްރެޒިލް އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ގެބްރިއެލް ނަގައިދިން ހުރަހަކުން ބްރެޒިލަށް ނަތީޖާ އެއްވަރުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ އެވެ
ބްރެޒިލް މޮޅުވި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޓިނޭލީ އެވެ. މި ލަނޑާއެކު ބްރެޒިލަށް ވަނީ މުހިންމު މޮޅެއް ލިބިފައެވެ.
މުބާރާތުގެ ގަދަ 16 ގެ ބުރުގައި ބްރެޒިލް ދެން ބައްދަލުކުރަން ޖެހޭނީ ނޯވޭ އާއި އައިވަރީ ކޯސްޓް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.



