Saturday, October 31
ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް އޭރިއާއެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

މާލޭގެ ސަލްޓަން ޕާކުގައި އީ-ސްޕޯޓްސް އޭރިއާއެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަކީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބީލަން ކުރިއަށްގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މަސައްކަތް ކުރިއަށްގެންދިއުމުގައި ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި، ނޭޝަނަލް ޓެންޑަރުން ކުރިއަށްގެންދާ މަސައްކަތްތައް އެވޯޑްކުރާ އުސޫލުތަކުގެ އިތުރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ރިޢާޔަތްކުރެވޭނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަތުން ކުރިއަށްދާނީ 30 ޖޫން 2026 އިން 13 ޖުލައި 2026 އަށް، ބަނޑޭރި ޕޭ މެދުވެރިކޮށެވެ. ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 36,500.00 ރުފިޔާ ހުށަހަޅަންޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މަޝްރޫޢާ ގުޅޭ ޕްރީ-ބިޑް ބައްދަލުވުން 6 ޖުލައި 2026 ވާ ހޯމަ ދުވަހު މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބީލަން ހުށަހެޅުން އޮންނާނީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ސަރުކާރުގެ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ބީލަން ހުޅުވުން އޮންނާނީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީ އޮފް ފިނޭންސްގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓާ ގުޅުއްވުމަށް އެ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު