Wednesday, October 21
އެންސްޕާގެ ކޯލް ސެންޓަރުގެ ޚިދުމަތް އަންނަ މަހު އައްޑޫގައި ފަށަނީ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ގެ ކޯލް ސެންޓަރުގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ މީސްމީޑިއާގައި ވިދާޅުވީ، އައްޑޫގައި މި ޚިދުމަތް ފެށުމުން ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭ ވަގުތު އިތުރުވެ، އާންމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެންސްޕާއިން ފޯރުކޮށްދޭ މާލީ އެހީތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތްތަކާ ގުޅޭ މައުލޫމާތު އެ އިދާރާގެ ހޮޓްލައިން ނަންބަރު 1402 އަށް ގުޅައިގެން ސާފުކުރެވޭނެއެވެ. މި ހޮޓްލައިން މެދުވެރިކޮށް ބޭސްފަރުވާގެ އެހީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މާލީ އެހީ، ފޯމު ފުރުމުގެ އެހީތެރިކަން އަދި އެޖެންސީގެ އެކި ޚިދުމަތްތަކާ ބެހޭ މައުލޫމާތު ލިބޭނެއެވެ.

މީގެ އިތުރުން، އެންސްޕާގެ ގިނަ ޚިދުމަތްތަކަށް މިހާރު "ވަންގަވް" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އޭގެ ތެރޭގައި އެކަނިވެރި މައިންބަފައިންނަށް ދޭ މާލީ އެހީ، ކާބޯތަކެތީގެ އެހީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ ޚިދުމަތްތައް، ތެލެސީމިއާ އެލަވަންސް، ތެރަޕިއުޓިކް ފަރުވާގެ އެހީ، އަދި މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލާ ފަރާތްތަކަށް ދޭ މާލީ އެހީގެ ޕްރޮގްރާމްތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު