Saturday, October 31
މައްކާ ރޫޓު އިނީޝިއޭޓީވް ވަފުދުގެ ޚިދުމަތު އަގުވަޒަންކޮށްފި

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހިރާއްޖެއަށް ވަޑައިގެންފައިވާ ސަޢުދީ ޢަރަބިއްޔާގެ ވަފުދުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، ވަފުދުގެ މެމްބަރުންނަށް ހަނދާނީ ލިޔުން ދެއްވައިފިއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދުގެ މެމްބަރުންނަށް ހަނދާނީ ލިޔުން ދެއްވާފައިވަނީ އެ ބޭފުޅުންގެ ޝަރަފުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ދެއްވި ޚާއްސަ ފަރިއްކޮޅެއްގެ ތެރެއިންނެވެ. މި ޙަފްލާގައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީވެސް ވަނީ ބައިވެރިވެލައްވާފައެވެ.

ރޭ ބޭއްވި މި ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވަމުން ގެންދަވާ މުއައްސަސާތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީއާއި، ޙައްޖު ކޯޕަރޭޝަނާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކޮއްކޮމެން ޕްރީ ސްކޫލް، ބާސެލޯ ނަސަންދުރާ އަށް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.

މީގެ އިތުރުން އިސްލާމީ ވުޒާރާއިން އުފައްދަވާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވް ޓާސްކް ފޯސްގެ މެމްބަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށްވެސް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު