އާދިއްތަ, November 8
މިފްކޯ އިން 16 ދޯންޏަކުން ކިރުވި މަހަށް ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ދޫކޮށްފި

މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އަށް މަސްކިރުވި 16 ދޯންޏަކަށް، މަހުގެ ފައިސާގެ ގޮތުގައި ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ސަރުކާރުން ދޫކޮށްފިއެވެ.

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ފައިސާ ދޫކޮށްފައިވަނީ 16 މޭ 2026 ގެ ނިޔަލަށް އެ ކުންފުންޏަށް މަސްކިރުވި ދޯނިތަކަށެވެ. މި މަސްދޯނިތަކަށް ފައިސާ ޖަމާކޮށްދީފައިވަނީ 18 މޭ 2026 ގައެވެ. މިގޮތުން ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 16 ދޯންޏަކަށް 399,979.00 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިފްކޯއިން ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު:

  • 12 މަސްދޯންޏަކުން ކިރުވި ކަޅުބިލަ މަހަށް 350,574 ރުފިޔާ.
  • 6 ދޯންޏަކުން ކިރުވި 10 ކިލޯއިން މަތީގެ ކަންނެލި މަހަށް 9,880 ރުފިޔާ.
  • 7 ދޯންޏަކުން ކިރުވި 15 ކިލޯއިން މަތީގެ ކަންނެލި މަހަށް 39,525 ރުފިޔާ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ސިޔާސަތެކެވެ. މީގެ އިތުރުން، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު