Saturday, October 31
އާންމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމަށް އެމްޓީސީސީއާ މަޝްވަރާކޮށްފި

އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އިޤުތިޞާދީ ވުޒާރާއިން ބުނި ގޮތުގައި މިއީ ދެ ފަރާތް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރުމަށް ކޮންމެ ހަފުތާއަކު ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖޭގެ އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

އެގޮތުން "މާލެ ޓެކްސީ ލައިން" އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، އާރް.ޓީ.އެލް ފެރީ އަދި ބަހުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު