Saturday, October 31
ޒިންމާދާރު ނޫސްވެރިކަން ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވެ، ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި އުސޫލުތަކަށް ހުރިހާ ނޫސްވެރިންވެސް އަމަލުކުރުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ، އަޚްލާޤީ މިންގަނޑުން ކުރާ ނޫސްވެރިކަމުން ފެންވަރު ރަނގަޅު މަޢުލޫމާތު ހާމަކޮށްދީ، ޒިންމާދާރު ކުރުވުމުގެ އިތުރުން ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި ޑިމޮކްރަސީގެ އުސޫލުތައް ނެގެހެއްޓިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޚަބަރު ފެތުރުމުގެ އަޚުލާޤީ މިންގަނޑާ ޚިލާފުވުމުން، ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަށް މަގުފަހިވެ، މުޖުތަމަޢުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު  ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ސައްޙަ މަޢުލޫމާތު ލިބިގަތުމަށް އާންމުން ބަރޯސާ ވަނީ ނޫސްވެރިންނަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު