Saturday, October 31
ސްޓެލްކޯގެ އެމްޑީ ކަމަށް އަޒްވަރު އައްޔަންކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައި ހުންނެވި ސ. ފޭދޫ / ނެސްޕްރޯވިލާ، ޑރ. ޢަލީ އަޒްވަރު ޢައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި ޑރ. އަޒްވަރު މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ މިއަދުން ފެށިގެންނެވެ.

ޑރ. ޢަލީ އަޒްވަރަކީ ހަކަތައިގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަދި ހަކަތައިގެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ތަޖުރިބާކާރު ބޭފުޅެކެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި ވިހި އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޑރ. އަޒްވަރު މިހާރު ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައެވެ. ސްޓެރެޓެޖިކް ލީޑަރޝިޕް، އޮޕަރޭޝަންސް، ފައިނޭންސް، އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ ދާއިރާއިން އޭނާ ހާސިލުކުރައްވާފައިވާ ތަޖުރިބާގެ އަލީގައި، ރާއްޖޭގެ މައިގަނޑު ކަރަންޓު ޚިދުމަތްދޭ ކުންފުނީގެ މިސްރާބު ކަނޑައެޅުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު