Saturday, October 31
ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމީހާ ދިރިއުޅޭ ގެއަށް 2026 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ 21:53 އެހައިކަންހާއިރު ވަދެ ބެލި އިރު އެމީހާ ނިޔާވެފަ އޮއްވާ ފެނިފައިވާ ކަމަށެވެ.

މިގޮތުން ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސޯސަންގެ / ރ.ރަސްގެތީމު، އިބްރާހީމް ޔޫސުފުފުޅު (55އ) އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު