އާދިއްތަ, November 8
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ހަތަރު މެންބަރަކު ޢައްޔަންކޮށްފި
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރަކު ޢައްޔަންކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން ޕީސީބީން ހާމަކުރި ގޮތުގައި ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ ކ. ތުލުސްދޫ، ވިލަރެސް، ހުދާ ފަހީމާއި، ރ. ރަސްގެތީމު، ރަސްވެލި، ޢާއިޝަތު މަލްޙާ އާއި، މއ. ރިހިރާޅު، ޢަލީ ޝިނާން އަދި މ. ވާރޭވިލާ، ޢާއިޝަތު ޢަލީ އެވެ. މިއަދު ޢައްޔަންކުރެވުނު މެންބަރުންގެ އިތުރުން ވިޒިޓް މޯލްޑިވްސް ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ ޗެއަރޕަރސަން ޢަބްދުالله ޣިޔާސް ރިޔާޒާއި، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިޢުރީ އާއި، ނޮން-އެގްޒެކެޓިވް ޑިރެކްޓަރުން ކަމަށްވާ މާހާ ނަޞީރާއި، އާމިނަތު ވުލާއު މުޙައްމަދު ނާޒިމާއި، ޢަބްދުއްސަމީޢު ޢިމާދާއި، އާމިނަތު ހަމީދުގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރު ސަބީހާ އަޙުމަދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު