އާދިއްތަ, November 8
އެފްއައިޔޫގެ ވެރިޔާ ސީޕީގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ މުޙައްމަދު އިޝާން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އިއްޔެ ކުރެއްވި އިހުތިރާމުގެ މި ޒިޔާރަތަކީ އަލަށް އައްޔަންކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި ތައާރަފުވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. މި ބައްދަލުވުން އަމާޒުކުރެވިފައި ވަނީ ދެ މުއައްސަސާ ދެމެދު ގުޅުން ބަދަހިކުރުމަށެވެ.

މިގޮތުން ފުލުހުން ބުނީ މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް ވަނީ ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެ މުއައްސަސާ ދެމެދު މައުލޫމަތު ބަދަލުކުރުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ބަދަލުވަމުން އަންނަ ކުށުގެ މާހައުލާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި، ހާއްސަކޮށް މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ދާއިރާތަކުގައި، ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު