އާދިއްތަ, November 8
މަސްތުވާތަކެތީގެ މައްސަލައެއްގައި އުކުޅަހުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އއ. އުކުޅަހުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އއ. އުކުޅަސް / ބަނަފްސާގެ، އިޝާން ޙަސަން (45އ) އެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ޑްރަގް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް މި އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން އިޝާން ޙަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު