Monday, November 9
މާލެއާ 7،955 ކިލޯމީޓަރު ދުރުން ބިންހެލުމެއް، ނުރައްކަލެއް ނެތް
މާލޭ ސިޓީއާ ގާތްގަނޑަކަށް 8،000 ކިލޯމީޓަރު ދުރުން ބިންހެލުމެއް އަތުވެއްޖެއެވެ. މެޓް އޮފީހުން ހާމަކުރާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ މާލެއާ 7،955 ކިލޯމީޓަރު ދުރުން ޖަޕާނުގެ ހޮންޝޫ އަށެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިއަދު 12:52 ގައި 7.5 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. މެޓް އޮފީހުން ބުނީ މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު