Saturday, October 31
މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރުން ފާހަގަކޮށްފި

މަޖީދިއްޔާ ސްކޫލަށް 99 އަހަރުން ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއުއެވެ.

މިއަދު އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވަޒީރު ވަނީ އެ ސްކޫލްގެ އައު ވެބްސައިޓާއި ޔޫޓިއުބް ޗެނަލެއްވެސް އިފްތިތާހްކޮށްދެއްވާފައެވެ. މި އެސެމްބްލީގައި އެ ސްކޫލްގެ މިހާރުގެ ދަރިވަރުންނާއި މުސްކުޅި ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު މި ސްކޫލަކީ "މަދަރުސަތުލް ސަނިއްޔާ" ގެ ނަމުގައި 1927 ވަނަ އަހަރުގެ އޭޕްރީލް މަހު 19 ވަނަ ދުވަހު ހުޅުވިގެން ދިޔަ ސްކޫލެކެވެ. އަދި މަދަރުސަތުއް ސަނިއްޔާގެ ނަމުން މަދަރުސަތުލް މަޖީދިއްޔާއަށް ނަމަށް ބަދަލުކުރެވިގެން ދިޔައީ 1947 ވަނަ އަހަރުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު