Saturday, October 31
ރައީސްގެ ދެކަނބަލުން ރަސްދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން އއ. ރަސްދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ޑރ.މުޢިއްޒު އެ ރަށަށް ވަޑައިގަތީ ހަވީރެވެ. މެންދުރުފަހު އެމަނިކުފާނު ވަޑައިގަތުމުގެ ކުރިން އެ ރަށުގެ ބަނދަރުން ފެށިގެން ރަށުގެ ތެރެއަަށް ގިނަ ބަޔަކު ޖަމާވެ ސަފު ހަދައިގެން ތިއްބެވެ. ރަށަށް ފާބާވަޑައިގެން ރައީސްވަނީ އެމަނިކުފާނުގެ އިސްތިގުބާލުގައި އެއްވެ ތިބި މީހުންނާ ސަލާންކުރައްވަައި ވާހަކަދެއްކެވުމުގައި ވަގުތު ހޭދަކުރައްވާފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ އޭޕްރީލު ހަތަރުވަނަ ދުވަހު ކުރިއަށްދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށްފަހު އެމަނިކުފާނު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ވަރަށް ގިނަ ވަޒީރުން ބައިވެރިވެވަޑައިގެންފަައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު