Monday, November 9
ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ޙުކުމް ކުރުމަށް ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ

ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ޙުކުމް ކުރުމަށް ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

މިގޮތުން ފުލުހުން ހޯދަމުންދަނީ އަސްރަފީގެ، ގދ.ވާދޫ، މުޙައްމަދު ޝަރީފް (49އ) އެވެ.

ފުލުހުން ބުނީ މުޙައްމަދު ޝަރީފް ހޯދަމުންދަނީ ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރައްވާ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެމައްސަލައިގެ ހުކުމްކުރުމަށް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2026 އޭޕްރީލް 19 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

ފުލުހުން ވަނީ މުޙައްމަދު ޝަރީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު