Saturday, October 31
ތަކަންދޫގައި ބެހެއްޓި އައު ޖެންސެޓް ބޭނުންކުރަން ފަށައިފި
ހއ. ތަކަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެރަށަށް ގެންދިޔަ އައު ޖެންސްޓް އިންސްޓޯލް ކުރުމަށްފަހު، ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ކަރަންޓުގެ މައްސަލައަކީ، އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލަ ޙައްލު ކުރުމަށް ސަރުކާރުންވެސް އަންނަނީ، މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާބާދީ ކުޑަ ރަށްރަށާއި، އާބާދީ ބޮޑު ސިޓީތަކުގައިވެސް ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން އަންނަނީ، މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ތަކަންދޫގައި އިންސްޓޯލް ކުރީ 250 ކިލޯވޮޓުގެ އައު ޖެން ސެޓެކެވެ. މި ޖެން ސެޓްއާއެކު ތަކަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ފެނަކައިން ގަބޫލުކުރެ އެވެ.

ކަރަންޓު މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވަމުން އަންނަ މައްސަލައެކެވެ. މި މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު