Saturday, October 31
މަސްތުވާތަކެތި ގެންގުޅެ ޤާނޫނާ ޚިލާފު އަމަލުތައް ހިންގަމުންދިޔަ 38 ބިދޭސީއަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

އެ މައުލޫމާތު ފުލުހުން މިރޭ ވަނީ ހާމަކޮށްފަ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އޭޕްރީލް 16 ވަނަ ދުވަހު އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 ފިރިހެނުންނެވެ. އެމީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓްކުރުމަށް ޓަކައި، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަ އަކީ ޤައުމީ ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ އެ މީހުން ފޮރުވި ތިބެ ހިންގާ ޤަވާއިދާ ޚިލާފު ވިޔަފާރިތަކާއި އެ މީހުންގެ ފަރާތުން ކުރިމަތިވާ އިޖްތިމާއީ އެތައް މައްސަލަތަކެއް ހިމެނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު