Monday, November 9
މަކަރާއި ހީލަތުން ހޯދި ހަތަރު ލައްކަ ރުފިޔާ ވެރި ފަރާތަށް އަނބުރާ ހޯދައިދީފި

މަކަރާއި ހީލަތުން ހޯދި ހަތަރު ލައްކަ ރުފިޔާ ވެރި ފަރާތަށް އަނބުރާ ހޯދައިދީފިއެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުން 400،000ރ. ހޯދާފައިވާ މައްސަލައެއް އެޕްރީލް 10 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި ޝަކުވާ ލިބުމާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތާ ސުވާލުކޮށްފައިވާ ކަމަށާއި، އެ ފަރާތުން ފައިސާއާ ހަވާލުވި ކަމަށް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ބަހާލައިގެން ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ކަމަށާއި، މި ފައިސާ މިހާރު އެއްކޮށް ދައްކައި ނިންމާފައިވާ ކަމަށެވެ.

ފުލުހުން ވަނީ ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު