Saturday, October 31
މޯލްޑިވްސް 2.0 ތަންފީޒުކުރުމަށް އަމިއްލަ ފަރާތްތަކާއި އެކު މަޝްވަރާކޮށްފި

"މޯލްޑިވްސް 2.0" ގެ މަގުޗާޓު ތަންފީޒުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ނުވަތަ ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށާއި، ރާއްޖޭގެ އައިސީޓީ އެކޯސިސްޓަމް ތަރައްޤީކޮށް ފުޅާކުރުމާ ގުޅޭގޮތުން ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ މައިންޑްކޯއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިތުރުން މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެންނެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފިސަރުންނާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މޯލްޑިވްސް 2.0 މަޝްރޫޢު ތަންފީޒުކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ހުޅުވާލެވިފައިވާ މާހަޢުލެއްގައި ބިނާކުރުަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، މި މަޝްވަރާތަކުގެ އަލީގައި މަގުޗާޓުގައި ހިމެނިފައިވާ އެކިއެކި ހަރަކާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ޕްރައިވެޓް ސެކްޓަރގެ ދައުރު މި މަސައްކަތުގައި ފުޅާކުރުމަށް އެހީތެރިވެދޭނެއެވެ. "މޯލްޑިވްސް 2.0" އިން ކަނޑައަޅާފައިވާ ޤައުމީ އިސްތިރާޖީ މިސްރާބާ އެއްގޮތަށް، ވަރުގަދަ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ޝާމިލްވާ ހުރިހާ ފަރާތްތަކަށް ނަފާވާ ގޮތަށް މަގުޗާޓުގެ ހަރަކާތްތައް ވިލަރެސްކުރެވިގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު