Monday, November 9
ހަނގުރާމަ ނިމުމަކާ ގާތްވެއްޖެ: ޓްރަމްޕް

ކުރިއަށް އޮތް ދުވަސްތަކުގައި ޕާކިސްތާނުގައި އީރާނާއެކު ސީދާ މަޝްވަރާތަކެއް ބޭއްވުމުގެ ފުރުސަތު އޮތްކަމަށް އިޝާރާތްކުރައްވައި، ހަނގުރާމަ ނިމުމަކާ ގާތްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްގެން އެމެރިކާ ސިފައިން ކުރިއަށްގެންދާ ހަރަކާތްތަކަށް ދެ ދުވަސް ވެފައިވާއިރު، ކަނޑުމަގުން އީރާނަށް މުދާ އެތެރެކުރުމާއި ބޭރުކުރުން މިހާރު އެއްކޮށް ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އިސްލާމީ ގައުމުތަކަށް އިސްތިއުމާރީ ބާރުތަކުން ދެމުންދާ ހަމަލާތަކުގެ ތެރެއިން، އިޒްރޭލު އިހުތިލާލީ ސިފައިން ހިޒްބުالله އަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު، ވޮޝިންގޓަންގައި އިޒްރޭލާއި ލުބުނާނާ ދެމެދު މަދުން ނޫނީ ނުފެންނަ ފަދަ ސީދާ މަޝްވަރާތަކެއް ވަނީ ފަށާފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ވަނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ އިތުރަށް ވަރުގަދަވެ، ފުޅާވެއްޖެނަމަ، ދުނިޔޭގެ އިގްތިސާދު ބޮޑު ހީނަރުކަމެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ އިންޒާރު ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު