Monday, November 9
ވަޠަނީ ޚިދުމަތުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

ވަޠަނީ ޚިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދެވެ.

މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގައި ޚާއްޞަކޮށް، އަދި އެނޫންވެސް މަސައްކަތުގެ އެކި ދާއިރާތަކުގެ ޚިދުމަތް ކުރަން އެދޭ ޒުވާނުންނަށް އެ ފުރުޞަތު ފަހިކޮށްދީ، ޒުވާނުން ބާރުވެރިކުރުވައި، ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޒުވާން ޖީލެއް ބިނާކުރުމުގެ ގޮތުން، މަސައްކަތުގެ ދާއިރާތަކުގައި ޚިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ޤާބިލުކަން އަށަގެންނެވުމަށްޓަކައި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމެއް ތަޢާރަފްކުރުމެވެ.

މީގެ އިތުރުން، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އެ ޕްރޮގްރާމް ފަރުމާކޮށް ހިންގުމަށްޓަކައި، ޕްރޮގްރާމްގެ މައިގަނޑު އަސާސްތައް ކަނޑއަޅައި، ޕްރޮގްރާމްގައި ބައިވެރިވުމާއި، ޕްރޮގްރާމުގެ ދަސުން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ފޯރުކޮށްދިނުމުގެ އުސޫލުތަކާއި، ޕްރޮގްރާމް ފުރިހަމަ ކުރާ ބައިވެރިންނަށް ލިބިގެންދާނޭ ފުރުޞަތުތައް ބަޔާންކޮށް، އެނޫންވެސް ޕްރޮގްރާމް ހިންގައި ތަންފީޒުކުރުމުގެ ހަމަތައް ބަޔާންކުރުމަކީ މި ބިލުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު