Saturday, October 31
މަރާމާތަށްފަހު އޭއީއެޗްގެ މެމޮގްރަފީ ޔުނިޓުގެ ޚިދުމަތް އަލުން ފަށައިފި
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އަލުން މެމޯގްރަފީގެ ޚިދުމަތްތައް ދޭން ފަށައިފިއެވެ. އޭއީއެޗް އިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މެމޯގްރަފީ ޔުނިޓުގެ މަރާމާތުތަކަށް ފަހު، މެމޯގްރާމްގެ ޚިދުމަތް މިހާރު ލިބެމުންދާނެ ކަމަށެވެ. މިގޮތުން މެމޯގްރާމްގެ އެޕޮއިންޓްމަންޓް ރޭޑިއޮލޮޖީ ޑިޕާޓްމަންޓުން ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ. އޭއީއެޗް އިން ވަނީ އެޕޮއިންޓްމަންޓް ހެދުމަށާއި، އިތުރު މަޢުލޫމާތު ހޯދުމަށް 1632 އަށް ގުޅުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު