Saturday, October 31
އެމްޑަބްލިޔު އެސްސީގެ އެމްޑީކަމަށް ފަހުމީ އައްޔަންކޮށްފި
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމަށް މ. ފަތަޙަ، އަލްފާޟިލް ޙުސެއިން ފަހުމީ ވަނީ މިއަދުން ފެށިގެން އައްޔަނުކޮށްފިއެވެ. ފަހުމީ އެމަޤާމަށް އައްޔަންކުރެއްވީ މީގެ ކުރިން އެމަޤާމުގައި ހުންނެވި އަބުދުލް މަތީން އެމަޤާމުން މިމަހުގެ 12 ވަނަ ދުވަހު އުސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ފަހުމީ ވަނީ މި ދައުރުގެ ތެރޭގައި ސްޓޭލްކޯގެ މެނޭޖިން ޑިރެކްޓަރކަމުގެ މަޤާމު އަދާކުރައްވާފައެވެ. އަދި އެ ކުންފުންޏަށް 27 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. ސްޓެލްކޯގައި 27 އަހަރު ހިދުމަތް ކުރެއްވިފަހުން ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023 ގައެވެ.    

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު