Saturday, October 31
ހުރާގައި އަލިފާނުގެ ހާދިސާއެއް، 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެނީ
ކ. ހުރާގައި މީހުން ދިރިއުޅެމުންދާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރޭގެ ވަގުތެއްގައި ހިނގި އެ އަލިފާނުގެ ހާދިސާގައި އެގޭ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުންއެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއްވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެހެންކަމުން މި އަލިފާނުގެ ސަބަބުން އެގޭގައި ދިރިއުޅުނު 15 ފަރާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު